ٱلَّذِينَكَفَرُواْوَصَدُّواْعَنسَبِيلِٱللَّهِزِدۡنَٰهُمۡعَذَابٗا
فَوۡقَٱلۡعَذَابِبِمَاكَانُواْيُفۡسِدُونَ٨٨(اللَّه އަށާއި އެކަލާނގެ ރަސޫލާއަށް) ކާފިރުވެ، އަދި ﷲ ގެ މަގުން (އެހެން މީހުން) އެއްކިބާކުރި މީހުންނަށް، ޢަޛާބުގެ މައްޗަށް ޢަޛާބު ތިމަންރަސްކަލާނގެ އިތުރުކުރައްވާ ހުށީމެވެ. އެއީ، އެއުރެން ފަސާދަކޮށް އުޅުނުކަމަށްޓަކައެވެ.Those who disbelieved and averted [others] from the way of Allāh - We will increase them in punishment over [their] punishment for what corruption they were causing.الذين جحدوا وحدانية الله ونبوتك -أيها الرسول- وكذَّبوك، ومنعوا غيرهم عن الإيمان بالله ورسوله، زدناهم عذابًا على كفرهم وعذابًا على صدِّهم الناس عن اتباع الحق؛ وهذا بسبب تعمُّدهم الإفساد وإضلال العباد بالكفر والمعصية.وَيَوۡمَنَبۡعَثُفِي
كُلِّأُمَّةٖشَهِيدًاعَلَيۡهِممِّنۡأَنفُسِهِمۡۖوَجِئۡنَابِكَ
شَهِيدًاعَلَىٰهَٰٓؤُلَآءِۚوَنَزَّلۡنَاعَلَيۡكَٱلۡكِتَٰبَتِبۡيَٰنٗالِّكُلِّ
شَيۡءٖوَهُدٗىوَرَحۡمَةٗوَبُشۡرَىٰلِلۡمُسۡلِمِينَ٨٩އަދި ތިމަންރަސްކަލާނގެ ކޮންމެ އުންމަތަކުން ހެކިވެރިއަކު، ހަމަ އެއުރެންގެ ތެރެއިން އެއުރެންގެ މައްޗަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! އަދި މިބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި، ތިމަންރަސްކަލާނގެ، ކަލޭގެފާނު ގެންނަވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި މުސްލިމުންނަށް އޮތް ހިދާޔަތެއް ކަމުގައްޔާއި، ރަޙްމަތެއް ކަމުގައްޔާއި، އުފާވެރި ޚަބަރެއް ކަމުގައެވެ.And [mention] the Day when We will resurrect among every nation a witness over them from themselves [i.e., their prophet]. And We will bring you, [O Muḥammad], as a witness over these [i.e., your nation]. And We have sent down to you the Book as clarification for all things and as guidance and mercy and good tidings for the Muslims.واذكر -أيها الرسول- حين نبعث يوم القيامة في كل أمة من الأمم شهيدًا عليهم، وهو الرسول الذي بعثه الله إليهم من أنفسهم وبلسانهم، وجئنا بك -أيها الرسول- شهيدًا على أمتك أنك بلغت رسالة ربك، وقد نَزَّلْنا عليك القرآن توضيحًا لكل أمر يحتاج إلى بيان، كأحكام الحلال والحرام، والثواب والعقاب، وغير ذلك، وليكون هداية من الضلال، ورحمة لمن صدَّق وعمل به، وبشارة طيبة للمؤمنين بحسن مصيرهم.۞ إِنَّٱللَّهَ
يَأۡمُرُبِٱلۡعَدۡلِوَٱلۡإِحۡسَٰنِوَإِيتَآيِٕذِيٱلۡقُرۡبَىٰوَيَنۡهَىٰعَنِ
ٱلۡفَحۡشَآءِوَٱلۡمُنكَرِوَٱلۡبَغۡيِۚيَعِظُكُمۡلَعَلَّكُمۡتَذَكَّرُونَ
٩٠ހަމަކަށަވަރުން، ޢަދުލުވެރިވުމަށާއި، އިޙްސާންތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّه އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، މުންކަރާތްތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، ވަޢުޡު އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.Indeed, Allāh orders justice and good conduct and giving [help] to relatives and forbids immorality and bad conduct and oppression. He admonishes you that perhaps you will be reminded.إن الله سبحانه وتعالى يأمر عباده في هذا القرآن بالعدل والإنصاف في حقه بتوحيده وعدم الإشراك به، وفي حق عباده بإعطاء كل ذي حق حقه، ويأمر بالإحسان في حقه بعبادته وأداء فرائضه على الوجه المشروع، وإلى الخلق في الأقوال والأفعال، ويأمر بإعطاء ذوي القرابة ما به صلتهم وبرُّهم، وينهى عن كل ما قَبُحَ قولًا أو عملًا، وعما ينكره الشرع ولا يرضاه من الكفر والمعاصي، وعن ظلم الناس والتعدي عليهم، والله -بهذا الأمر وهذا النهي- يَعِظكم ويذكِّركم العواقب؛ لكي تتذكروا أوامر الله وتنتفعوا بها.وَأَوۡفُواْبِعَهۡدِٱللَّهِإِذَاعَٰهَدتُّمۡوَلَاتَنقُضُواْٱلۡأَيۡمَٰنَ
بَعۡدَتَوۡكِيدِهَاوَقَدۡجَعَلۡتُمُٱللَّهَعَلَيۡكُمۡكَفِيلًاۚإِنَّ
ٱللَّهَيَعۡلَمُمَاتَفۡعَلُونَ٩١ތިޔަބައިމީހުން اللَّه އަށް ޢަހުދުކޮށްފިނަމަ، އެ ޢަހުދު ތިޔަބައިމީހުން ފުއްދާށެވެ! އަދި ހުވާތައް ގަދަކޮށް، ކަށަވަރުކުރުމަށްފަހު، ތިޔަބައިމީހުން އެ ހުވާތައް އުވައިނުލާށެވެ! އެހެނީ، ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންގެ މައްޗަށް، ހެކިވެ ޖާމިނުވެވޮޑިގެންވާ ފަރާތެއް ކަމުގައި، ތިޔަބައިމީހުން ލާފައިވެއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ކަންތައް، اللَّه ދެނެވޮޑިގެންވެތެވެ.And fulfill the covenant of Allāh when you have taken it, [O believers], and do not break oaths after their confirmation while you have made Allāh, over you, a security [i.e., witness]. Indeed, Allāh knows what you do.والتزموا الوفاء بكل عهد أوجبتموه على أنفسكم بينكم وبين الله -تعالى-، أو بينكم وبين الناس فيما لا يخالف كتاب الله وسنة نبيه، ولا ترجعوا في الأيمان بعد أن أكَّدْتموها، وقد جعلتم الله عليكم كفيلًا وضامنًا حين عاهدتموه. إن الله يعلم ما تفعلونه، وسيجزيكم عليه.وَلَاتَكُونُواْكَٱلَّتِينَقَضَتۡ
غَزۡلَهَامِنۢبَعۡدِقُوَّةٍأَنكَٰثٗاتَتَّخِذُونَأَيۡمَٰنَكُمۡدَخَلَۢا
بَيۡنَكُمۡأَنتَكُونَأُمَّةٌهِيَأَرۡبَىٰمِنۡأُمَّةٍۚإِنَّمَايَبۡلُوكُمُٱللَّهُ
بِهِۦۚوَلَيُبَيِّنَنَّلَكُمۡيَوۡمَٱلۡقِيَٰمَةِمَاكُنتُمۡفِيهِتَخۡتَلِفُونَ
٩٢އަދި އުއިގުޅައި، ރޮދިއަޅައި ހަރުކުރުމަށްފަހު، އެތިއެތިކޮޅަށް އެ ކޮށައި ހަލާކުކޮށްލި ކަނބުލޭގެ ފަދައިން، ތިޔަބައިމީހުން ނުވާށެވެ! (އެބަހީ: ޢަހުދުތަކުގެ ބާރު ލިބިގަތުމަށްފަހު، އެ ޢަހުދުތައް އުވައިލާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ!) ތިޔަބައިމީހުންގެ މެދުގައި، ފަސާދަވެރިކަން އުފެއްދުމަށްޓަކައި އޮތް އެއްޗެއްކަމުގައި، ތިޔަބައިމީހުންގެ ހުވާތައް ހަދަމުއެވެ. (އެއީ) ތިޔަބައިމީހުންކުރެ އެއްބަޔަކު، އަނެއްބަޔަކަށްވުރެ ގިނަބަޔަކުކަމުގައި ވެދާނެތީއެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުން އެކަމުން އިމްތިޙާންކުރައްވަތެވެ. އަދި ތިޔަބައިމީހުން، ޚިލާފުވެ އުޅުނުކަންތައް، ޤިޔާމަތް ދުވަހުން އެކަލާނގެ ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާނެކަން ކަށަވަރެވެ.And do not be like she who untwisted her spun thread after it was strong [by] taking your oaths as [means of] deceit between you because one community is more plentiful [in number or wealth] than another community. Allāh only tries you thereby. And He will surely make clear to you on the Day of Resurrection that over which you used to differ.ولا ترجعوا في عهودكم، فيكون مَثَلكم مثل امرأة غزلت غَزْلًا وأَحْكَمَتْه، ثم نقضته؛ تجعلون أيمانكم التي حلفتموها عند التعاهد خديعة لمن عاهدتموه، وتنقضون عهدكم إذا وجدتم جماعة أكثر مالًا ومنفعة من الذين عاهدتموهم، إنما يختبركم الله بما أمركم به من الوفاء بالعهود وما نهاكم عنه مِن نقضها، ولَيُبَيِّنَنَّ لكم يوم القيامة ما كنتم فيه تختلفون في الدنيا من الإيمان بالله ونبوة محمد ﷺ.وَلَوۡشَآءَٱللَّهُلَجَعَلَكُمۡأُمَّةٗوَٰحِدَةٗوَلَٰكِنيُضِلُّمَن
يَشَآءُوَيَهۡدِيمَنيَشَآءُۚوَلَتُسۡـَٔلُنَّعَمَّاكُنتُمۡتَعۡمَلُونَ٩٣اللَّه އިރާދަކުރެއްވިނަމަ، އެއް އުންމަތެއް ކަމުގައި، ތިޔަބައިމީހުން ލައްވައިފީސްކަން ކަށަވަރެވެ. އެހެނެއްކަމަކު، އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތިޔަބައިމީހުން ޢަމަލުކޮށް އުޅުނު ކަންތަކާމެދު، ތިޔަބައިމީހުންނާ ސުވާލުކުރައްވާހުށިކަން ކަށަވަރެވެ.And if Allāh had willed, He could have made you [of] one religion, but He sends astray whom He wills and guides whom He wills. And you will surely be questioned about what you used to do.ولو شاء الله لوفَّقكم كلكم، فجعلكم على ملة واحدة، وهي الإسلام والإيمان، وألزمكم به، ولكنه سبحانه يُضِلُّ مَن يشاء ممن علم منه إيثار الضلال، فلا يهديه؛ عدلًا منه، ويهدي مَن يشاء مِمَّن علم منه إيثار الحق، فيوفقه؛ فضلًا منه، وليسألنَّكم الله جميعًا يوم القيامة عما كنتم تعملون في الدنيا فيما أمركم به، ونهاكم عنه، وسيجازيكم على ذلك.

ބަހަކަށް ފިތާލުމުން އެ ބަސް އަޑުއިވި، މާނަ ފެންނާނެ. އާޔަތުގެ މަޢުލޫމާތަށް އާޔަތުގެ ނަންބަރަށް ފިތާލާ. ޞަފްޙާ ބަދަލުކުރުމަށް އަރިމައްޗަށް ސްވައިޕްކުރޭ.