Go to
Pages 1 to 604
المائدةالجزء ٦
ﱁوَقَالَتِﱂٱلۡيَهُودُﱃوَٱلنَّصَٰرَىٰﱄنَحۡنُﱅأَبۡنَٰٓؤُاْﱆٱللَّهِﱇﱈوَأَحِبَّٰٓؤُهُۥۚﱉقُلۡ
ﱊفَلِمَﱋيُعَذِّبُكُمﱌﱍبِذُنُوبِكُمۖﱎبَلۡﱏأَنتُمﱐبَشَرٞﱑمِّمَّنۡﱒﱓخَلَقَۚﱔيَغۡفِرُﱕلِمَن
ﱖيَشَآءُﱗوَيُعَذِّبُﱘمَنﱙﱚيَشَآءُۚﱛوَلِلَّهِﱜمُلۡكُﱝٱلسَّمَٰوَٰتِﱞوَٱلۡأَرۡضِ
ﱟوَمَاﱠﱡبَيۡنَهُمَاۖﱢوَإِلَيۡهِﱣٱلۡمَصِيرُﱤ١٨يهودى ންނާއި، نصارى އިން ބުނެފޫއެވެ. ތިމަންމެންނީ، اللَّه ގެ ދަރިންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގެންވާ މީހުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވިއްޔާ ތިޔަބައިމީހުންގެ ފާފަތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އެކަލާނގެ عذاب ދެއްވަނީ ކީއްވެގެންހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ، އެކަލާނގެ ހެއްދެވި މީހުންގެ ތެރެއިންވާ މީހުންނެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވަތެވެ. އަދި އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެއްޗެއްގެ ވެރިކަން ملك ވެގެންވަނީ اللَّه އަށެވެ. އަދި ނިމިދިއުންވަނީވެސް އެކަލާނގެ حضرة އަށެވެ.But the Jews and the Christians say, "We are the children of Allāh and His beloved." Say, "Then why does He punish you for your sins?" Rather, you are human beings from among those He has created. He forgives whom He wills, and He punishes whom He wills. And to Allāh belongs the dominion of the heavens and the earth and whatever is between them, and to Him is the [final] destination.وزعم اليهود والنصارى أنهم أبناء الله وأحباؤه، قل لهم -أيها الرسول-: فَلأيِّ شيء يعذبكم بذنوبكم؟ فلو كنتم أحبابه ما عذَّبكم، فالله لا يحب إلا من أطاعه، وقل لهم: بل أنتم خلقٌ مثلُ سائر بني آدم، إن أحسنتُم جوزيتم بإحسانكم خيرًا، وإن أسَأْتُم جوزيتم بإساءتكم شرًّا، فالله يغفر لمن يشاء، ويعذب من يشاء، وهو مالك الملك، يُصَرِّفه كما يشاء، وإليه المرجع، فيحكم بين عباده، ويجازي كُلًّا بما يستحق.ﱥيَٰٓأَهۡلَﱦٱلۡكِتَٰبِﱧقَدۡﱨجَآءَكُمۡ
ﱩرَسُولُنَاﱪيُبَيِّنُﱫلَكُمۡﱬعَلَىٰﱭفَتۡرَةٖﱮمِّنَﱯٱلرُّسُلِﱰأَنﱱتَقُولُواْﱲمَاﱳجَآءَنَا
ﱴمِنۢﱵبَشِيرٖﱶوَلَاﱷﱸنَذِيرٖۖﱹفَقَدۡﱺجَآءَكُمﱻبَشِيرٞﱼﱽوَنَذِيرٞۗﱾوَٱللَّهُﱿعَلَىٰﲀكُلِّ
ﲁشَيۡءٖﲂقَدِيرٞﲃ١٩އޭ ފޮތުގެ أهل ވެރިންނޭވެ! އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކުވިޔަސް، އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކުވިޔަސް، ތިމަންމެންގެ ގާތަކަށް ވަޑައެއްނުގަންނަވައޭ ތިޔަބައިމީހުން ބުނެފާނެކަމަށްޓަކައި، رسول ންގެ މެދުކެނޑުމަކަށްފަހު، ތިޔަބައިމީހުންނަށް (ކަންތައްތައް) بيان ކޮށްދެއްވާ حال ތިޔަބައިމީހުންގެ ގާތަށް ތިމަންރަސްކަލާނގެ رسول އާ ވަޑައިގެންފިކަން ކަށަވަރެވެ. ފަހެ، އުފާވެރިކަމުގެ خبر ދެއްވާ، އަދި ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިކަން ކަށަވަރެވެ. اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.O People of the Scripture, there has come to you Our Messenger to make clear to you [the religion] after a period [of suspension] of messengers, lest you say, "There came not to us any bringer of good tidings or a warner." But there has come to you a bringer of good tidings and a warner. And Allāh is over all things competent.يا أيها اليهود والنصارى قد جاءكم رسولنا محمد ﷺ، يُبيِّن لكم الحق والهدى بعد مُدَّة من الزمن بين إرساله وإرسال عيسى بن مريم؛ لئلا تقولوا: ما جاءنا من بشير ولا نذير، فلا عُذرَ لكم بعد إرساله إليكم، فقد جاءكم من الله رسولٌ يُبشِّر مَن آمن به، ويُنذِرُ مَن عصاه. والله على كل شيء قدير مِن عقاب العاصي وثواب المطيع.ﲄوَإِذۡﲅقَالَﲆمُوسَىٰﲇلِقَوۡمِهِۦﲈيَٰقَوۡمِﲉٱذۡكُرُواْ
ﲊنِعۡمَةَﲋٱللَّهِﲌعَلَيۡكُمۡﲍإِذۡﲎجَعَلَﲏفِيكُمۡﲐأَنۢبِيَآءَﲑوَجَعَلَكُمﲒمُّلُوكٗا
ﲓوَءَاتَىٰكُمﲔمَّاﲕلَمۡﲖيُؤۡتِﲗأَحَدٗاﲘمِّنَﲙٱلۡعَٰلَمِينَﲚ٢٠އަދި موسى ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް اللَّه ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، އެކަލާނގެ ތިޔަބައިމީހުންގެ ތެރޭގައި ނަބީބޭކަލުން ލެއްވިއެވެ. އަދި ތިޔަބައިމީހުން (ގެތެރެއިން ބަޔަކު) ރަސްކަލުންތަކެއް ކަމުގައި ލެއްވިއެވެ. އަދި (އެޒަމާނުގެ) عالم ތަކުގެ ތެރެއިން އެކަކަށްވެސް ނުދެއްވާ نعمة ތިޔަބައިމީހުންނަށް ދެއްވިއެވެ.And [mention, O Muḥammad], when Moses said to his people, "O my people, remember the favor of Allāh upon you when He appointed among you prophets and made you possessors and gave you that which He had not given anyone among the worlds.واذكر -أيها الرسول- إذ قال موسى عليه السلام لقومه: يا بني إسرائيل اذكروا نعمة الله عليكم، إذ جعل فيكم أنبياء، وجعلكم ملوكًا تملكون أمركم بعد أن كنتم مملوكين لفرعون وقومه، وقد منحكم من نعمه صنوفًا لم يمنحها أحدًا من عالَمي زمانكم.ﲛيَٰقَوۡمِﲜٱدۡخُلُواْ
ﲝٱلۡأَرۡضَﲞٱلۡمُقَدَّسَةَﲟٱلَّتِيﲠكَتَبَﲡٱللَّهُﲢلَكُمۡﲣوَلَاﲤتَرۡتَدُّواْ
ﲥعَلَىٰٓﲦأَدۡبَارِكُمۡﲧفَتَنقَلِبُواْﲨخَٰسِرِينَﲩ٢١އޭ އަހުރެންގެ قوم ގެމީހުންނޭވެ! مقدّس ވެގެންވާ ބިމަށް، ތިޔަބައިމީހުން ވަންނާށެވެ! އެ ބިމަކީ ތިޔަބައިމީހުންނަށްޓަކައި اللَّه ކަނޑައަޅުއްވާފައިވާ ބިމެވެ. އަދި ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ނުގަންނާށެވެ! އޭރުން ތިޔަބައިމީހުން ގެއްލެނިވެގެންވާ ބަޔަކުކަމުގައި ވެގެން ހިނގައިދާނެތެވެ.O my people, enter the blessed land [i.e., Palestine] which Allāh has assigned to you and do not turn back [from fighting in Allāh's cause] and [thus] become losers."يا قوم ادخلوا الأرض المقدَّسة -أي المطهرة، وهي «بيت المقدس» وما حولها- التي وعد الله أن تدخلوها وتقاتلوا مَن فيها من الكفار، ولا ترجعوا عن قتال الجبارين، فتخسروا خير الدنيا وخير الآخرة.ﲪقَالُواْﲫيَٰمُوسَىٰٓﲬإِنَّ
ﲭفِيهَاﲮقَوۡمٗاﲯجَبَّارِينَﲰوَإِنَّاﲱلَنﲲنَّدۡخُلَهَاﲳحَتَّىٰﲴيَخۡرُجُواْﲵمِنۡهَاﲶفَإِن
ﲷيَخۡرُجُواْﲸمِنۡهَاﲹفَإِنَّاﲺدَٰخِلُونَﲻ٢٢އެއުރެން ދެންނެވޫއެވެ. އޭ موسى ގެފާނެވެ! ހަމަކަށަވަރުން، ގަދަފަދަ جبّار ބަޔަކު އެތާނގައި އެބަތިއްބެވެ. އަދި ހަމަކަށަވަރުން، އެއުރެން އެތަނުން ނުކުމެއްޖައުމަށްދާނދެން، ތިމަންމެން އެތަނަކަށް ނުވަންނާނޫއެވެ. ފަހެ، އެއުރެން އެތަނުން ނުކުންނަނީނަމަ، ހަމަކަށަވަރުން، ތިމަންމެންނީ އެތަނަށް ވަންނާނޭ ބަޔަކީމުއެވެ.They said, "O Moses, indeed within it is a people of tyrannical strength, and indeed, we will never enter it until they leave it; but if they leave it, then we will enter."قالوا: يا موسى، إن فيها قومًا أشداء أقوياء، لا طاقة لنا بحربهم، وإنّا لن نستطيع دخولها وهم فيها، فإن يخرجوا منها فإنّا داخلون.ﲼقَالَﲽرَجُلَانِﲾمِنَﲿٱلَّذِينَﳀيَخَافُونَ
ﳁأَنۡعَمَﳂٱللَّهُﳃعَلَيۡهِمَاﳄٱدۡخُلُواْﳅعَلَيۡهِمُﳆٱلۡبَابَﳇفَإِذَاﳈدَخَلۡتُمُوهُﳉفَإِنَّكُمۡ
ﳊﳋغَٰلِبُونَۚﳌوَعَلَىﳍٱللَّهِﳎفَتَوَكَّلُوٓاْﳏإِنﳐكُنتُمﳑمُّؤۡمِنِينَﳒ٢٣(اللَّه ދެކެ) ބިރުވެތިވާ މީހުންގެ ތެރެއިން اللَّه، نعمة ދެއްވާފައިވާ ދެމީހަކު ބުންޏެވެ. އެއުރެންނާ ދިމާޔަށް (އެރަށުގެ) ދޮރޯށިން ތިޔަބައިމީހުން ވަދެގެން ދާށެވެ! ފަހެ، ތިޔަބައިމީހުން އެރަށަށް ވަދެއްޖެނަމަ، ތިޔަބައިމީހުންނީ، (އެއުރެންގެ މައްޗަށް) ގަދަވެގަންނާނޭ ބަޔަކުކަން ކަށަވަރެވެ. އަދި ތިޔަބައިމީހުންނީ، إيمان ވެގެންތިބި ބަޔަކުކަމުގައިވާނަމަ، ހަމައެކަނި اللَّه އަށް ތިޔަބައިމީހުން وكيل ކުރާށެވެ!Said two men from those who feared [to disobey] upon whom Allāh had bestowed favor, "Enter upon them through the gate, for when you have entered it, you will be predominant. And upon Allāh rely, if you should be believers."قال رجلان من الذين يخشون الله تعالى، أنعم الله عليهما بطاعته وطاعة نَبيِّه، لبني إسرائيل: ادخلوا على هؤلاء الجبارين باب مدينتهم، أخْذًا بالأسباب، فإذا دخلتم الباب غلبتموهم، وعلى الله وحده فتوكَّلوا، إن كنتم مُصدِّقين رسوله فيما جاءكم به، عاملين بشرعه.
١١١
Tap a word to hear it and see its meaning. Tap an ayah's number for the ayah. Swipe sideways to turn the page.