يَٰٓأَيُّهَاٱلَّذِينَءَامَنُواْٱجۡتَنِبُواْكَثِيرٗامِّنَٱلظَّنِّإِنَّبَعۡضَٱلظَّنِّ
إِثۡمٞۖوَلَاتَجَسَّسُواْوَلَايَغۡتَببَّعۡضُكُمبَعۡضًاۚأَيُحِبُّأَحَدُكُمۡأَن
يَأۡكُلَلَحۡمَأَخِيهِمَيۡتٗافَكَرِهۡتُمُوهُۚوَٱتَّقُواْٱللَّهَۚإِنَّٱللَّهَ
تَوَّابٞرَّحِيمٞ١٢އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ.O you who have believed, avoid much [negative] assumption. Indeed, some assumption is sin. And do not spy or backbite each other. Would one of you like to eat the flesh of his brother when dead? You would detest it. And fear Allāh; indeed, Allāh is Accepting of Repentance and Merciful.يا أيها الذين صدَّقوا الله ورسوله وعملوا بشرعه اجتنبوا كثيرًا من ظن السوء بالمؤمنين؛ إن بعض ذلك الظن إثم، ولا تُفَتِّشوا عن عورات المسلمين، ولا يقل بعضكم في بعضٍ بظهر الغيب ما يكره. أيحب أحدكم أكل لحم أخيه وهو ميت؟ فأنتم تكرهون ذلك، فاكرهوا اغتيابه. وخافوا الله فيما أمركم به ونهاكم عنه. إن الله تواب على عباده المؤمنين، رحيم بهم.يَٰٓأَيُّهَاٱلنَّاسُإِنَّاخَلَقۡنَٰكُممِّنذَكَرٖوَأُنثَىٰوَجَعَلۡنَٰكُمۡ
شُعُوبٗاوَقَبَآئِلَلِتَعَارَفُوٓاْۚإِنَّأَكۡرَمَكُمۡعِندَٱللَّهِأَتۡقَىٰكُمۡۚإِنَّٱللَّهَ
عَلِيمٌخَبِيرٞ١٣އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ.O mankind, indeed We have created you from male and female and made you peoples and tribes that you may know one another. Indeed, the most noble of you in the sight of Allāh is the most righteous of you. Indeed, Allāh is Knowing and Aware.يا أيها الناس إنّا خلقناكم من أب واحد هو آدم، وأُم واحدة هي حواء، فلا تفاضل بينكم في النسب، وجعلناكم بالتناسل شعوبًا وقبائل متعددة؛ ليعرف بعضكم بعضًا، إن أكرمكم عند الله أشدكم اتقاءً له. إن الله عليم بالمتقين، خبير بهم.۞ قَالَتِٱلۡأَعۡرَابُءَامَنَّاۖقُللَّمۡتُؤۡمِنُواْوَلَٰكِن
قُولُوٓاْأَسۡلَمۡنَاوَلَمَّايَدۡخُلِٱلۡإِيمَٰنُفِيقُلُوبِكُمۡۖوَإِنتُطِيعُواْٱللَّهَ
وَرَسُولَهُۥلَايَلِتۡكُممِّنۡأَعۡمَٰلِكُمۡشَيۡـًٔاۚإِنَّٱللَّهَغَفُورٞرَّحِيمٌ١٤އަޢުރާބީން ބުނޫއެވެ. ތިމަންމެން އީމާންވެއްޖައީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އީމާނެއް ނުވަމުއެވެ. އެހެނެއްކަމަކު، ތިމަންމެން ކިޔަމަންވެއްޖައީމުއޭ ބުނާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގެ ތެރެޔަކަށް އީމާންކަމެއް އަދި ނުވަދެތެވެ. އަދި ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ ޢަމަލުތަކުން (އެބަހީ: އޭގެ ޘަވާބުން) ތިޔަބައިމީހުންނަކަށް އެއްވެސް އެއްޗެއް އުނި ނުކުރައްވާހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެއެވެ.The bedouins say, "We have believed." Say, "You have not [yet] believed; but say [instead], 'We have submitted,' for faith has not yet entered your hearts. And if you obey Allāh and His Messenger, He will not deprive you from your deeds of anything. Indeed, Allāh is Forgiving and Merciful."قالت الأعراب -وهم البدو-: آمنا بالله ورسوله إيمانًا كاملًا، قل لهم -أيها النبي-: لا تدَّعوا لأنفسكم الإيمان الكامل، ولكن قولوا: أسلمنا، ولم يدخل بعدُ الإيمان في قلوبكم، وإن تطيعوا الله ورسوله لا ينقصكم من ثواب أعمالكم شيئًا. إن الله غفور لمن تاب مِن ذنوبه، رحيم به. وفي الآية زجر لمن يُظهر الإيمان، ومتابعة السنة، وأعماله تشهد بخلاف ذلك.
إِنَّمَاٱلۡمُؤۡمِنُونَٱلَّذِينَءَامَنُواْبِٱللَّهِوَرَسُولِهِۦثُمَّلَمۡيَرۡتَابُواْ
وَجَٰهَدُواْبِأَمۡوَٰلِهِمۡوَأَنفُسِهِمۡفِيسَبِيلِٱللَّهِۚأُوْلَٰٓئِكَهُمُ
ٱلصَّٰدِقُونَ١٥މުއުމިނުން ކަމުގައިވާކަން ކަށަވަރީ، اللَّه އަށާއި، އެކަލާނގެ ރަސޫލާއަށް އީމާންވެ، ދެން (އެ އީމާންކަމާމެދު) ޝައްކުނުކުރާ މީހުންނެވެ. އަދި އެއުރެންގެ މުދާތަކާއި، ނަފްސުތަކުން ﷲ ގެ މަގުގައި ޖިހާދުކުރިމީހުންނެވެ. އެބައިމީހުންނަކީ، ހަމަ ތެދުވެރިންނެވެ.The believers are only the ones who have believed in Allāh and His Messenger and then doubt not but strive with their properties and their lives in the cause of Allāh. It is those who are the truthful.إنما المؤمنون الذين صدَّقوا بالله وبرسوله وعملوا بشرعه، ثم لم يرتابوا في إيمانهم، وبذلوا نفائس أموالهم وأرواحهم في الجهاد في سبيل الله وطاعته ورضوانه، أولئك هم الصادقون في إيمانهم.قُلۡأَتُعَلِّمُونَٱللَّهَبِدِينِكُمۡوَٱللَّهُيَعۡلَمُمَافِي
ٱلسَّمَٰوَٰتِوَمَافِيٱلۡأَرۡضِۚوَٱللَّهُبِكُلِّشَيۡءٍعَلِيمٞ١٦ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންތިބީ ކޮން ދީނެއްގައިކަން اللَّه އަށް ތިޔަބައިމީހުން އަންގައިދެނީހެއްޔެވެ؟ އުޑުތަކުގައްޔާއި، ބިމުގައިވާހާކަމެއް اللَّه ދެނެވޮޑިގެންވެތެވެ. އަދި اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.Say, "Would you acquaint Allāh with your religion while Allāh knows whatever is in the heavens and whatever is on the earth, and Allāh is Knowing of all things?"قل -أيها النبي- لهؤلاء الأعراب: أتُخَبِّرون الله بدينكم وبما في ضمائركم، والله يعلم ما في السموات وما في الأرض؟ والله بكل شيء عليم، لا يخفى عليه ما في قلوبكم من الإيمان أو الكفر، والبر أو الفجور.يَمُنُّونَ
عَلَيۡكَأَنۡأَسۡلَمُواْۖقُللَّاتَمُنُّواْعَلَيَّإِسۡلَٰمَكُمۖبَلِٱللَّهُيَمُنُّ
عَلَيۡكُمۡأَنۡهَدَىٰكُمۡلِلۡإِيمَٰنِإِنكُنتُمۡصَٰدِقِينَ١٧އެއުރެން އިސްލާމްވީކަމަށް ކަލޭގެފާނަށް އެއުރެން ކަލަގޮވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އިސްލާމްވީކަމަށްޓަކައި ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ކަލަނުގޮވާށެވެ! އަދި ކިއެއްތަ! ތިޔަބައިމީހުންނަށް އީމާންކަމަށް މަގުދެއްކެވިކަމަށްޓަކައި اللَّه، ތިޔަބައިމީހުންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންވެތެވެ. (އެއީ) ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމައެވެ.They consider it a favor to you that they have accepted Islām. Say, "Do not consider your Islām a favor to me. Rather, Allāh has conferred favor upon you that He has guided you to the faith, if you should be truthful."يَمُنُّ هؤلاء الأعراب عليك -أيها النبي- بإسلامهم ومتابعتهم ونصرتهم لك، قل لهم: لا تَمُنُّوا عليَّ دخولكم في الإسلام؛ فإنَّ نفع ذلك إنما يعود عليكم، ولله المنة عليكم فيه أنْ وفقكم للإيمان به وبرسوله، إن كنتم صادقين في إيمانكم.إِنَّٱللَّهَيَعۡلَمُ
غَيۡبَٱلسَّمَٰوَٰتِوَٱلۡأَرۡضِۚوَٱللَّهُبَصِيرُۢبِمَاتَعۡمَلُونَ١٨ހަމަކަށަވަރުން، އުޑުތަކާއި، ބިމުގެ ޣައިބު ދެނެވޮޑިގެންވަނީ، اللَّه އެވެ. އަދި اللَّه، ތިޔަބައިމީހުންކުރާ ޢަމަލުތައް މޮޅަށް ބައްލަވާވޮޑިގެންވެތެވެ.Indeed, Allāh knows the unseen [aspects] of the heavens and the earth. And Allāh is Seeing of what you do.إن الله يعلم غيب السموات والأرض، لا يخفى عليه شيء من ذلك، والله بصير بأعمالكم وسيجازيكم عليها، إن خيرًا فخير، وإن شرًّا فشر.

ބަހަކަށް ފިތާލުމުން އެ ބަސް އަޑުއިވި، މާނަ ފެންނާނެ. އާޔަތުގެ މަޢުލޫމާތަށް އާޔަތުގެ ނަންބަރަށް ފިތާލާ. ޞަފްޙާ ބަދަލުކުރުމަށް އަރިމައްޗަށް ސްވައިޕްކުރޭ.